ޑައިފޯމިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ ނ. މިލަދޫ / އަލަމާގެ، އުމުރުން 43 އަހަރުގެ އަހްމަދު އަބްދުލްހާދީގެ މައްޗަށެވެ. އޭނާ ޖަލަށްލުމުގެ އިތުުރުން 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ހުކުމް ކުރިއެވެ.
އަހްމަދު އަބްދުލްހާދީގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ ހަތަރުވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް