މިމަހު ބާއްވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ސްކޮޑު އިއުލާނުކޮށް، އިއްޔެ ޖާޒީ ހަވާލުކޮށްފިއެވެ.
މިއަހަރު ކާވާ މުބާރާތް ކުރިއަށްދާނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ މިމަހު 22 އިން 29 ވަނަ ދުވަހާ ހަމައަށެވެ. ޖުމުލަ އަށް ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި ކިރިގިސްތާންގެ އިތުރުން އިންޑިއާ އަދި ރާއްޖެއެވެ.
އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި ކަޒަކިސްތާނާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.
ކާވާ މުބާރާތަށް ދާ ޓީމާ އިއްޔެ ޖާޒީ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރައްޒާގެވެ.
ކާވާ މުބާރާތަށްދާ ރާއްޖޭގެ އަންހެން ވޮލީ ސްކޮޑު
- ހައްވާ ނާޒިމާ
- އަލްޔާ އަހުމަދު
- ހައްވާ ރާޝިދާ (ހައްވަ)
- އަމިނަތު އަރީޝާ
- އައިމިނަތު މާނާ ނާޒިމް
- ހައްވާ ސަހާ
- އައިމިނަތު ޝަހާ ޝާމިން
- އައިޝަތު ޖޫޒާން ޒަރީރް
- ލީމް އަހުމަދު ލަތީފް
- މައިހާ އަލީ
- މިންނަތު އަހުމަދު
- މާސާ ފާރޫގު
- މާޔާ ހުސައިން ސޮލާހް
ރާއްޖޭގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، އެންމެ ފުރަތަމަ 22 ވަނަ ދުވަހު ރާއްޖޭން ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ދެން ކުޅޭ މެޗުގައި ރާއްކެ ނޭޕާލާ ދެކޮޅަށް ނުކުންނާނީ 24 ވަނަ ދުވަހުއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމޭނީ 25 ވަނަ ދުވަހުއެވެ. އޭގެފަހުން ނޮކްއައުޓް ބުރު ކުރިއަށް ގޮސް، ފައިނަލް އޮންނާނީ 29 ވަނަ ދުވަހުއެވެ.
ކާވާ އަންހެން މުބާރާތުގައި ރާއްޖޭން މިފަހަރުވެސް ވާދަކުރާނީ އަހުމަދު ނަދީމް (ނަދީމްބެ) ގެ ކޯޗުކަމުގައެވެ. އެސިސްޓެންޓް ކޯޗުންނަކީ ފަތުހުﷲ ވަހީދާއި އައިމިނަތު ޒީނާއެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުން މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ނަދީމްބެގެ ކޯޗުކަމުގައި މާލޭގައި ބޭއްވި ކާވާ ވިމެންސް ކަޕްގައި ކުޅެފައިވެއެވެ. ހަތަރު ގައުމު ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ބަލިކޮށް ހޯދީ ކިރްގިސްތާނާނެވެ. އެމުބާރާތުގައި ދެން ވާދަކުރި ދެގައުމަކީ، އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް