އެމްޑީޕީން މިމަހުގެ 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ އެއްވުމުގެ ތެރެއިން ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ. އެއީ ހަތް ފިރިހެނުންނާއި، ދެ އަންހެނުންކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި ތިން މީހުންގެ ތެރެއިން އެކަކު ތިން ދުވަހަށް ބަންދުކުރުމަށް، އެކަކު ފަސް ދުވަހަށް ބަންދުކުރުމަށް އަދި އެނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ" ފުލުހުން ބުންޏެވެ.
ކޯޓުން ބަންދުކުރަން އަމުރުކުރި މީހުންގެ ތެރެއިން ތިން ދުވަހަށް ބަންދުކުރަން އަމުރުކުރި މީހާ މިހާރުވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް