ބަޔާން މިއުނިކަށް ކުޅެމުންދާ އުމުރުން 40 އަހަރުގެ ގޯލްކީޕަރު މެނުއަލް ނޯޔާ، އަނެއްކާވެސް ގައުމީ ޓީމުން ފެނިދާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.
ނޯޔާ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާ އިރު، އޭނާ ގައުމީ ޓީމުން ރިޓަޔާ ކޮށްފައި ވަނީ ޔޫރޯ 2024 އަށްފަހުއެވެ. 2014 ވަނަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ނޯޔާ ވަނީ މި ސީޒަނުގައިވެސް މޮޅަށް ކުޅެފައެވެ. ބަޔާނާއެކު ލީގު ތަށި ހޯދި އިރު، އޭނާއަކީ ޓީމުގެ އެއްވަނަ ކީޕަރެވެ.
ބަޔާނުން ރޭ ކުޅުނު މެޗަށްފަހު ލީގު ޝީލްޑާއެކު އުފާފާޅު ކޮށްފައިވާ އިރު، ގައުމީ ޓީމުން ފުރުސަތު ލިބިއްޖެނަމަ، ވޯލްޑް ކަޕަށް ދާން ތައްޔާރުތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ. އެ ވިސްނުމަށް ނޯޔާ އިންކާރު ކޮށްފައެއް ނުވެއެވެ.
"މިއީ އެވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން. އަހަރެން އަދިވެސް ގައުމީ ޓީމާއި ކޯޗާއެކުވެސް ގާތް ގުޅުމެއް ބާއްވަން. އެއީ ހަމަ ކުރީގެ ކޯޗުންނާއި އޮފިޝަލުންނާވެސް ބާއްވަމުންދާ ގުޅުން. އަހަންނަށް ވޯލްޑް ކަޕަށް ދިޔުމަކީ އަދިވެސް މައްސަލައެއް ނޫން. އަދި އެކަމަކު އެކަމަކާ ނުވިސްނަން. ދެން އޮތީ ޖަރުމަން ކަޕް ކާމިޔާބުކުރުން. މިހާރު ފޯކަސް ހުރީ އެއަށް،" ނޯޔާ ބުންޏެވެ.
ނޯޔާއާއި ބަޔާނުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައިވެސް ކުޅެފައިވާ އިރު، ނޯޔާގެ ތަފާތު ފެނިގެން ދިޔައެވެ.
ޖަރުމަނުގެ ކޯޗު ޖޫލިއަން ނަގެލްސްމަން މިމަހު 21 ވަނަ ދުވަހު ވޯލްޑް ކަޕަށް ފައިނަލް ސްކޮޑު އިއުލާނުކުރާ އިރު، އެ ސްކޮޑުން ނޯޔާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނޫސްތައް ބުނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026