އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާއިން ލިވަޕޫލް ބަލިކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ވިލާއިން ލިވަޕޫލް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އުނައި އެމެރީގެ އެސްޓަން ވިލާ ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ވިލާއަށް 37 މެޗުން 62 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ އެ އަދަދަށް މެޗު ކުޅެ، 59 ޕޮއިންޓެވެ. ވިލާއަށް މިހާރު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންވެފައެވެ.
ފޯރިގަަދަކޮށް ފެނުނު މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ވިލާއިންނެވެ. 41 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި މޯގަން ރޮޖާސްއެވެ. އެއާއެކު ވިލާއިން ކުރީގައި އޮވެ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، 51 ވަނަ މިނެޓުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ އެއްވަރު ކޮށްފައެވެ.
ދެން ފެނުނީ އޮލީ ވޮޓްކިންސްގެ ތަފާތެވެ. މެޗުގެ 56 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައި އޭނާގެ ދެ ގޯލް ފެނިގެން ދިޔަ އިރު، މެޗުގެ 88 ވަނަ މިނެޓުގައި ވިލާގެ ކެޕްޓަން ޖޯން މެކްގިން އެޓީމުގެ ހަތަރުވަނަ ގޯލް ޖަހައި މެޗު ޔަގީން ކޮށްދިނެވެ.
މެޗުގެ އިތުރު ވަގުތުގައި ވެން ޑައިކް ލިވަޕޫލަށް އިތުރު ގޯލެއް ޖަހައިދިން ނަމަވެސް، ލިވަޕޫލަށް މުހިއްމު ތިން ޕޮއިންޓް ގެއްލުނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު