ޗައިނާއަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިސްޓްސް ގަތުމަށް، ސަރުކާރު ޓީވީގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޗައިނާ މީޑިއާ ބްރޯޑްކާސްޓާއާއެކު ފީފާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ސީސީޓީވީން ޗައިނާއަށް ވޯލްޑް ކަޕް ދައްކަން ތައްޔާރުވެފައިވާ އިރު، މިދިޔަ ދުވަސްތަކުގައި އެކަމަށް ދިޔައީ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު ޗައިނާއަށް ވޯލްޑް ކަޕް ނުފެނުމުގެ ބިރުވެސް އޮތެވެ. އެއީ ފީފާއިން ހުށަހެޅި އަގަށް ޗައިނާގެ ސަރުކާރު ޓީވީން އެއްބަސްވުމަކަށް އާދެވިފައި ނެތުމުންނެވެ.
ހަބަރުތައް ބުނެފައި ވަނީ ޗައިނާގެ ސީސީޓީވީއާއެކު ފީފާއިން ހެދީ ޕެކޭޖް ޑީލެއް ކަމަށެވެ. އެއީ 2026 ވަނަ އަހަރާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2027 ވަނަ އަހަރު އޮންނަ އަންހެން ވޯލްޑް ކަޕާއި 2031 ވަނަ އަހަރު އޮންނަ އަންހެން ވޯލްޑް ކަޕްގެ ރައިޓްސްވެސް ހިމެނޭ ޑީލެކެވެ.
ޗައިނާއަކީ ވޯލްޑް ކަޕް ސަޕޯޓަރުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އެއްގައުމެވެ. އެގޮތުން ބެލެވޭ ގޮތުގައި ޗައިނާގެ ވޯލްޑް ކަޕް ވިއުވާޝިޕަކީ ގާތްގަނޑަކަށް 200 މިލިއަން މީހުންނެވެ.
ޗައިނާއާއެކު ފީފާއިން ހެދި ވޯލްޑް ކަޕް ރައިޓްސް ޑީލްގެ ސީދާ އަގު ހާމަކޮށްފައިނުވި ނަމަވެސް، އެގައުމުގެ ނޫސްތަކުން ބުނީ އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ އަގުވެސް 60 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ސަރުކާރު ޓީވީން ގަނެފައި ވަނީ ހިލޭ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސްގެ އިތުރުން ސަބްސްކްރިޕްޝަން ޓީވީ ރައިޓްސްގެ އިތުރުން އޮންލައިން އަދި މޯބޮއިލް ފޯމް ސްޓްރީމިން އަދި ރީބްރޯޑްކާސްޓިން ރައިޓްސްއެވެ.
އެހެންކަމުން ޗައިނާގެ އިތުރު ސަރަހައްދުތަކަށް ވޯލްޑް ކަޕް ދެއްކުމަށް މިހާރު ބައެއް ސޯޝަލް މީޑިއާ އެޕްތަކާއެކު ސީސީޓީވީން ޑީލް ހަދަން މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެއެވެ.
މިދިޔަ ދެ ވޯލްޑް ކަޕްވެސް ޗައިނާގައި ސީސީޓީވީން ދައްކާފައިވާ އިރު، 2018 ވަނަ އަހަރު މިގޫއާއި އަލީބާބާ އަދި ޔޫކޯއިން ރީބްރޯޑްކާސްޓް ކޮށް، ސްޓްރީމްވެސް ކޮށްފައިވެއެވެ. އަދި އިތުރު ބައެއް ޗެނަލްތަކަށްވެސް ޗައިނާ މީޑިއާ ގްރޫޕުން ރައިޓްސް ވިއްކާފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026