ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 13:45 އެހާކަންހާއިރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެ ފަސް މީހުންވެސް މަރުވެފަ ތިއްބާ ފެނުނުކަމަށް ފުލުހުން ބުންޏެވެ.

އެއީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިންކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާ ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ބުންޏެވެ.