އިއްޔެ އަލިފާނުގެ ހާދިސާ ހިނގި "އެމްޕެރިއޯ އެކްސްޕޯރާ" ސަފާރީ އަޑިޔަށް ހިނގައްޖެ އެވެ.
ކުރުނބާ ވިލެޖާއި ހުޅުމާލެއާ ދޭތެރޭގައި އޮތް ސަފާރީއެއްގައި ރޯވެގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދިޔައީ އިއްޔެގެ ހަވީރުގެ ވަގުތެެއްގައެވެ.
ފުލުހުން ބުނީ ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީ އެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އިއްޔެގެ 16:55 އެހައިކަންހާއިރު ރިޕޯޓުކުރިކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ސަފާރީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ރޭ 05:03 ހާއިރު އެ އުޅަނދު ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ. އަނދައި އަޅިއަށްވެ އަޑިޔަށްދިޔަ އެ ސަފާރީއަކީ 35 އެނދުގެ ސަފާރީއެކެވެ.
އެއީ އިއްޔެ ކަނޑުމަތީގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ.
އިއްޔެގެ ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ގުޅިފަޅު ކައިރީގައި އޮތް ދޯންޏެއްގައެވެ. އިއްޔެގެ 13:30 ހާއިރު އެ ދޯނީގެ އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 14:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާ ހިނގިއިރު ދޯނީގައި ފަސް މީހުން ތިބި ނަމަވެސް، އެ މީހުން ވަނީ އެހެން ދޯންޏަކަށް އަރައިފައެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ