ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް އިއްޔެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގެންފައި ވަނީ ރަސްމީ ދަތުރުފުޅެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގެންނެވި އިރު، އިއްޔެ ކުރިއަށް ދިޔަ 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގު (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިންޑިއާގެ ނިއުދިއްލީގައެވެ.
ނަޝީދު ވަނީ ޑިޒާސްޓާ ރިކްސް މެނޭޖުމަންޓް މަޝްރޫއުގައި ވާހަކަފުޅު ދައްކަވައިފައެވެ.
ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު 11:45 ގައެވެ. ނަމަވެސް ސޯލިހު ވަޑައިގަންނަވާނެ ތާރީހެއް އަދި ސާފެއް ނޫނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު