އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ ވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި މާލީ ހާލަތަށް ރިއާޔަތްކޮށް ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް ފަހު، "އިންޓެރިމް އެރޭންޖްމަންޓެއް" ނުވަތަ އިންތިގާލީ އިންތިޒާމެއްގެ ދަށުން ޕާޓީ ހިންގަން ފެންނަކަމަށް ވިދާޅުވެ ގައުމީ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ.
ޣަފޫރުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީ ހިންގެވުމަށް ނަޝީދު އިސްވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
ރާއީގެ އެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ ގައުމީ މަޖިލީހުން އެދޭ ނަމަ، ވަގުތީގޮތުން ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމަނިކުފާނުގެ އިއުތިރާޒެއް ނެތް ކަމަށެވެ.
ޗެއާޕާސަންގެ އިންތިހާބަށް އިއުލާންކުރުމާ އެކު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ނަޝީދުގެ އިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކުރިން އެ މަގާމަށް ވާދަކުރައްވާނެކަމަށް އިއުލާންކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ނަޝީދަކީ ދިރިއުޅުމަށް އެހެން ކަމެއް ކުރާމީހެއްނޫން. އޭނާއަށް ތިކަން ހަވާލު ކުރުމުން ތިކަމަށް ވަގުތުދީގެން ޕާޓީ ވަރުގަދަ ކޮށްފާނެއެވެ. އެކަމަކު 2028 އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ބޭނުންނަމަ ރިޔާސީ ޓިކެޓް ނަޝީދީގެން ކާމިޔާބެއް ނުވާނެކަން ކަށަވަރެވެ. ދެން އެހެން ނޫނަސް ނަޝީދު ނޫން މީހަކު ޕާޓީގެ ލީޑަރަކަށް ހުންނަ ކޮށްމެ ފަހަރަކު ޕާޓީ ތެރޭ ހައިޖާނު ހަދައެވެ.
ގުޅި - 2 މަސް ކުރިން
އިބޫ އެކަންކުރި ފޮޓޯއެއް ދެނިކޮށް ތިޔަ ކަން ހަމަހެހޭނެ.
ސައްލި - 2 މަސް ކުރިން