އިރާނުން ހުށަހަޅާ ކަންކަމުގެ ރިޕޯޓު އެމެރިކާއާ ހަވާލުކޮށްފިއެވެ.
އެމެރިކާއާއި އިރާނުން ކުރަމުންދިޔަ ހަނގުރާމަ މަޑުޖައްސާލާފައިވާ އިރު، ދެ ގައުމުން ވެސް ވަނީ މަޝްވަރާތައް ފަށައިފައެވެ. ނަމަވެސް އެމެރިކާއިން ހުށަހެޅި ކަންކަމަށް އެއްބަސް ނުވާކަމަށްބުނެ އިރާނުން މަޝްވަރާގެ ދެވަނަބުރަށް ގޮސްފައިނުވާ އިރު، އެ ބައްދަލުވުން ކުރިއަށް ގެންދެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.
އިރާނުން ވަނީ އެމެރިކާއިން ހުށަހެޅީ ކަންކަމާ ދެކޮޅު ހަދައި އިރާނުގެ އަމިއްލަ ހުށަހެޅުންތަކެއް އެމެރިކާއާ ހަވާލުކޮށްފައެވެ.
ޕާކިސްތާނު މެދުވެރިވެ އިރާނުން އެމެރިކާއަށް ހުށަހެޅި ކަންކަން މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއަށް ފޮނުވާފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ.
އިރާނުން ހުށަހެޅި ކަންކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހުށަހެޅުމާ ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންނަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އިރާނުން ފޮނުވި ހުށަހެޅުން ހިންހަމަނުޖެހޭ ކަމަށާއި އެމަޝްވަރާތައް ފޯނު މެދުވެރިކޮށް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އިރާނާއި އެމެރިކާ ހަނގުރާމަ މަޑުޖައްސާލާފައިވީ ނަމަވެސް، ދެ ގައުމުން ވެސް ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ