އޯޕަން ޕްރިޒަން އައިލެންޑަށާ އެކު ޖަލު އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއުލާނުކޮށްފިއެވެ.
ކަރެކްޝަނު ބުނީ މުވައްޒަފުން ހޯދަނީ މާފުށި ޖަލަށާއި އައްސޭރި ޖަލުގެ އިތުރުން އޯޕަން ޕްރިޒަން އައިލެންޑް އަށް ކަމަށެވެ.
ނަމަވެސް އެކަމަކު ބޭނުން ވަނީ ކިހާ އޮފިސަރުން ކަމެއް އިއުލާނުކޮށްފައެއް ނުވެއެވެ. ޕްރިޒަން އޮފިސާ ޓްރޭނީއަށް މަހު މުސާރަ އާއި އެލަވަންސްއާ އެކު 15905 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
ޝަރުތުތަކުގެ ތެރޭގައި:
- ދިވެހި ރައްޔިތެއްކަމުގައިވުން.
- މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެވް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
- އުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
- މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
މި މަގާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު އަންނަ މެއިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެމްސީއެސް ޕޯޓަލް https://my.corrections.gov.mv/jobs މެދުވެރިކޮށެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް