ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ހޮނު އަޅައިފިއެވެ.
މާލެ ސަރަހައްދަށް މިރެއިން ފެށިގެން މޫސުން ގޯސްވެ، ވިއްސާރައެވެ. މާލޭ ސަރަހައްދަށް ހުއްޓުމެއްނެތި ވާރޭ ވެހެމުންދާ އިރު، އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކޮށްފައިވަނީ ހުޅުމާލެއަށެވެ.
ހުޅުމާލެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ވަނީ، ގުރުމުގެ ބާރު އަޑާއެކު ހޮނު އަޅައިފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. މިރޭ 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ. އެ ސަރަހައްދުތަކަށް ބާރަ ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އޭގެ އިތުރުން ފަތިހު 5:00 އާ ހަމައަށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ވައިޓް އެލާޓު ވެސް ވަނީ ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް