ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:
- ހިޔާ ޓަވަރު 5، 6، އަދި 7
- ވިނަރެސްގެ 10 ޓަވަރު
- އަމާން ދޯދި 12، 13، 14، 15، އަދި 16
- އަމާން އުދަރެސް 5، އަދި 6
- އެމްޕީއެލް ޓަވަރުތައް
"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން. މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން." ސްޓެލްކޯ އިން ބުންޏެވެ.
އެ މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2