ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު މިއަދު އިއުލާނު ކޮށްފިއެވެ.

ޖޫން މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ޓީމުތައް އަދި މުޅިން ޔަގީންވެފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު ސްރީ ލަންކާއާއި ޕާކިސްތާނު އަދި ބަންގްލަދޭޝްއިންވެސް މުބާރާތުގައި ވާދަކުރަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ބަންގްލަދޭޝްއިން މުބާރާތަށް އަންނާނީ 23 އަހަރުން ދަށުގެ ޓީމުކަން އެގައުމުން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރުބާނީ އެކުލަވާލި ޕްލިރިމިނަރީ ސްކޮޑުގައި 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ދާދިފަހުން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވެއެވެ. އެގޮތުން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭ ޓީމަށް ކުޅުނު މުހައްމަދު އިލާން އިމްރާން، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، އަހުޒަމް ރަޝީދު އަދި އީތަން އިބްރާހިމް ޒަކީވެސް ޕްލިރިމިނަރީ ސްކޮޑުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން ކުޅުނު މެޗަކީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗެވެ. ރާއްޖޭގައި ކުޅުނު އެމެޗުގެ ސްކޮޑުގައި އަނިޔާގެ ސަބަބުން ނުހިމެނުނު، ހަމްޒާ މުހައްމަދު (ހަމްޕު) އަލުން ސްކޮޑަށް ނަގާފައިވާ އިރު، މިފަަހަރުގެ ސްކޮޑުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ)އާއި ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއި)އަށްވެސް ފުރުސަތު ދީފައިވެއެވެ.

އޭގެ އިތުރުން ބުރު ސްޕޯޓްސް ކްލަބުގެ މުހައްމަދު ނައިސަމް ނަދީމަށްވެސް ޕްލިރިމިނަރީ ސްކޮޑުން ޖާގަ ދީފައިވެއެވެ.

ޑައިމަންޑް ޖުބިލީ މުބާރާތަށް ނެގި ރާއްޖޭގެ ސްކޮޑު

  • ތޯއިފް ގާސިމް/ ބުރު ސްޕޯޓްސް ކްލަބު
  • އަހުމަދު އަބްދުﷲ (ލިލީ)/ ބުރު ސްޕޯޓްސް ކްލަބު
  • މުހައްމަދު ނައިސަމް ނަދީމް/ ބުރު ސްޕޯޓްސް ކްލަބު
  • އިބްރާހީމް މަހުދީ ހުސައިން/ ކްލަބު އީގަލްސް
  • މުހައްމަދު އަޝްވާން/ ކްލަބު އީގަލްސް
  • ޒަހްރާން ހަސަން ޒިޔާދު/ ކްލަބު އީގަލްސް
  • އީތަން އިބްރާހީމް ޒަކީ/ ކްލަބު ވެލެންސިއާ
  • ސަމޫހު އަލީ/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހުސައިން ޝަރީފް/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިބްރާހީމް އައިޝަމް/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހައިޝަމް ހަސަން (ބިޑި)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަމަޒާ މުހައްމަދު (ހަމްޕު)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ނާއިޒް ހަސަން (ދާދު)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އަހުމަދު އައިހަމް (ފަތޯ)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • މުހައްމަދު އިލާން އިމްރާން/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހުސައިން ޝިފާއު (ކްރޯ)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ނާޝިއު އަހުމަދު ޝިހާމް/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • މުހައްމަދު އިރުފާން (އިރޭ)/ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އަލީ ފާސިރު (ސެންޓޭ)/ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • ހަސަން ރާއިފް އަހުމަދު (ހަންނަ)/ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • މުހައްމަދު ފައިސަލް/ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • އަލީ އަޝްފާގު (ދަގަނޑޭ)/ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • އަހުމަދު އައިހަމް/ އޮޑި ސްޕޯޓްސް ކްލަބު
  • އަހްޒަމް ރަޝީދު/ އޮޑި ސްޕޯޓްސް ކްލަބު
  • އިބްރާހީމް ވަހީދު ހަސަން/ އޮޑި ސްޕޯޓްސް ކްލަބު
  • މުޒްދާން ހަސަން/ އޮޑި ސްޕޯޓްސް ކްލަބު
  • އަބްުދުﷲ ލޫތު އިބްރާހީމް/ އޮޑި ސްޕޯޓްސް ކްލަބު
  • މުހައްމަދު ޝަފީއު (ޗެކް)
  • އަހުމަދު ރިޒުވާން (ރިޒޭ)/ ވިކްޓްރީ ސްޕޯޓްސް ކްލަބު
  • އަމްދާން އަލީ (އެންޑީ)/ ވިކްޓްރީ ސްޕޯޓްސް ކްލަބު