އެމްޑީޕީއާ އެކު މަޝްވަރާގެ މޭޒަށް ދިއުމަކީ ރައްޔިތުން ދިން މެންޑޭޓާ ހިލާފުކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޮޑު ބަދަލު"ގެ ނަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އާއި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރީންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނާން ބޭނުންވާ ބޮޑެތި ބަދަލުތަކެއްގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.
ރައީސް ނަޝީދު ވަނީ، އެ ބަދަލަށް ތާއީދު ހޯދުމަށް ސަރުކާރާއި ރައްޔިތުންނާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެއީ އެ މަނިކުފާނުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރުކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނާމެން ހަވާލުކުރީއޭ، އަޅުގަނޑަށް ދިން މެނިފެސްޓޯއާ ވައުދުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި ކަންކަން ކުރުމަށް." ރައީސް ވިދާޅުވިއެވެ.
ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައިވެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު