އެމެރިކާއާއި އިރާނުގެ މަޝްވަރާތަކަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސަލާމަތީކަންކަން ވަރުގަދަކޮށްފިއެވެ.

އެމެރިކާއާއި އިރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު ދެގައުމު މަޝްވަރާގެ ފުރަތަމަ ބުރު އިސްލާމްއާބާދުގައި ކުރިޔަށް ގެންދިޔަ ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ޖެހިފައެއްނުވެއެވެ.

މަޝްވަރާގެ ދެވަނަ ބުރަކަށް ދެ ގައުމުން ވެސް އިސްލާމްއާބާދަށް އެއްވުމަށް ތައްޔާރުވަމުން އަންނައިރު ޕާކިސްތާނުން އަންނަނީ އެ ކަމަށް ޓަކައި އިންތިޒާމުކުރާން ޖެހޭ ހުރިހާ ކަމެއް ހަމަޖައްސަމުންނެވެ.

މަޝްވަރާގައި ބައިވެރިވާ އެމެރިކާގެ ޓީމު މިއަދުގެ ވަގުތެއްގައި ޕާކިސްތާނަށް ދާނެކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްތަމްޕް ވަނީ ވިދާޅުވެފައެވެ.

މަޝްވަރާގައި ބައިވެރިވާ އިރާނުގެ އޮފިޝަލުންގެ ޓީމު އިސްލާމްއާބާދަށް ދާނެ ދުވަހެއް އޮފިޝަލުން އަދި ބުނެފައެއް ނުވެއެވެ.

މި ހަފުތާތެރޭ ފެށޭނެކަމަށް ބެލެވިފައިވާ މި މަޝްވަރާތަކަށް ޕާކިސްތާނުން ތައްޔާރުވެފައިވާއިރު އެގައުމުގެ ވެރިރަށުގެ މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.