ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި "ދޫނިޔާ ޑައިވް ރެކް"ގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް އެ ސަރަހައްދުތަކުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުން އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި އެ ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، އަދި އެ ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީގެ އިއުލާނުގައި ވަނީ، ތިމާވެއްޓާ ގުޅުންހުރި އެފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެކި ޖަމިއްޔާ ޖަމާއަތްތަކުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ