ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ސްޕޯޓިން ލިސްބަންއާ އެއްވަރުކޮށް، އާސެނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އާސެނަލުން ރޭ އަމިއްލަ ދަނޑުގައި 0-0 އިން އެއްވަރުވެފައިވާ އިރު، އެޓީމުން ސެމީއަށް ދިޔައީ އެގްރިގޭޓް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި އާސެނަލްގެ ހަމައެކަނި ގޯލް ޖަހައިދިނީ ކައި ހަވާޓްސްއެވެ. ދެޓީމުގެ ފަރަގަކީ ހަމައެކަނި އެ ގޯލެވެ.
ސްޕޯޓިންއިން އެގްރިގޭޓް ނަތީޖާ އެއްވަރުކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ހާފު ނިމެން ދަނިކޮށް، ގެނީ ކަޓަމޯ ފޮނުވާލި ހަމަލާއެއް ދަނޑީ ބޭރު ފަޅިއަށް އަމާޒުވެފައިވެއެވެ.
ދެވަނަ ހާފުގައިވެސް އާސެނަލުން ޑިފެންސް ކުރަމުން ދިޔަ އިރު، އެޓީމަށް ރޭގެ މެޗުގައިވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ރަނގަޅު، ކްރިއޭޓިވް އެޓޭކްތަކެއް އުފެއްދޭ ގޮތް ނުވުމެވެ. ޑިފެންސިވްލީ އާސެނަލް ކްލީން ޝީޓް ދަމަހައްޓާފައިވާ އިރު، ރޭގެ ކްލީން ޝީޓަކީ މިފަހަރު ޗެމްޕިއަންސް ލީގުގައި އެޓީމުގެ އަށްވަނަ ކްލީން ޝީޓެވެ. އެއީ 12 މެޗުންނެވެ.
އާސެނަލަށް އެންމެ ބޮޑަށް ނުރައްކާކުރީ ލިއާންޑްރޯ ޓްރޮސާޑްގެ ހަމަލާއަކުންނެވެ. އޭނާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ނޮނީ މަޑުއޭކޭއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އެއީ އެޓީމަށް މާޔޫސް ކަމެކެވެ.
އާސެނަލުން ލީގު ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ އިރު، އަންނަ ހަފުތާގެ ލީގު މެޗަކީ ބޮޑު ޓެސްޓެކެވެ. އެއީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އޮތް މެޗެވެ. އެމެޗު ވެގެންދާނީ ލީގު ރޭހުގައި އާސެނަލަށް އެންމެ މުހިއްމު މެޗަށެވެ.
ޗެމްޕިއަންސް ލީގުގެ ސެމީގައި އާސެނަލް ނުކުންނަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު