ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ ނަމަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުހައްމަދު ސައީދެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިމެނޭ، ސިވިލް އެވިއޭޝަން، އެ މިނިސްޓްރީ ދަށުން ވަކިކޮށް، ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީގެ ނަމުގައި އާ މިނިސްޓްރީއެއް އުފައްދައި، މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީންވަނީ އައްޔަން ކުރައްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަގާމުގައި ހުންނެވި ތޯރިގު އިބްރާހިމް މިއަދުވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.