އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަން ކުރައްވައިިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި އެކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށް ފަހުމީ އައްޔަންކޮށްފައި ވަނީ މިއަދު ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ފަހުމީ ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.
ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި ފަހުމީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ވެސް ހަވާލުވެވަޑައިގެންފައެވެ. ދޮޅު އަހަރު ދުވަހަށްފަހު އެ މަގާމުން ފަހުމީ ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ރައީސް އޮފީހަށް ފަހުމީ އައްޔަންކުރެއްވީ އެޔަށްފަހުއެވެ.
އެމްޑަބްލިޔުއެސްސީއަށް ފަހުމީ އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި އަބްދުލް މަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ސަރުކާރުން އެމްޑަބްލިއުއެސްސީ ގެ އެމްޑީކަމުގެ މަގާމަށް މަތީން އައްޔަންކުރީ، 28 ނޮވެމްބަރު 2023 ގައެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ