ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ އަބްދުﷲ ސޯދިގު (ސޯބެ) އަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯބެއަށް ތާއީދު އޮތްކަން ރައީސް ސޯލިހު ހާމަކުރައްވާފައިވަނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، ސޯބެއަކީ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ހިތަދުއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއް ކަމަށެވެ.
"މި އިންތިހާބުގައި (ބައި-އިލެކްޝަން)ގައި ސޯބެއަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބައޮތް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް އެހެން ލީޑަރުން ވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން އިއުލާންކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ސާބިތު ދަރަންޏަކާ ހުރެ މެމްބަރުކަމުގައި ޕީއެންސީގެ ފަރާތުން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމުންނެވެ.
އަލީ ޔާމިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު