ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ސޮފްވާން އަހުމަދު ވަކިކުރުމާއެކު، އެ ހުސްވި މަގާމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން އައިޝަތު ޝައްފަ އިންތިހާބުކޮށްފިއެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ބަލަން ފަށާފައިވާ އިރު، ވީއޭއެމްއިން ދާދިފަހުން ނިންމާފައި ވަނީ ވީއޭއެމްގެ އެއްވެސް މަގާމަކަށް ސޮފްވާން ކުރިއަށް އޮތް ފަސް އަހަރަށް ހަމަނުޖައްސާށެވެ.
ސޮފްވާން މުޅި އުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭގޮތަށް ހަމަޖެއްސުމަށް ވީއޭއެމްއިން ވަނީ ނިންމާފައިވާ އިރު، އޭނާ ވަކިކުރުމުން ހުސްވި މަގާމަށް ޝައްފަ ހޮވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އާންމު ޖަލްސާގައެވެ.
ޝައްފައަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހު ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވޮލީ ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާއަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވާ އިރު، 2019 ވަނަ އަހަރު ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތަކުން ރިހި މެޑަލް ހޯދި ޓީމުގައި ޝައްފަ ހިމެނުނެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން