ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، އެ ގޭގައި ދިރިއުޅެމުންދިޔަ މީހުން ހާލުގައި ޖެހިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ 15 މީހުންގެ ތެރެއިން އެކެއްގެ އަތް ފިރިގެން ފަރުވާ ދީފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އަންނަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.
ހުރާގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގިއިރު ސޮނެވާ ޖާނީ ރިސޯޓުގައިވެސް ރޭވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.
އަލީ ޔާމިން
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ