އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު މަގާމުން އިސްތިއުފާދެއްވައިފި އެވެ.
މި ސަރުކާރުން އެމްޑަބްލިއުއެސްސީ ގެ އެމްޑީކަމުގެ މަގާމަށް މަތީން އައްޔަންކުރީ، 28 ނޮވެމްބަރު 2023 ގައެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ އިއުލާނުކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރިގެ މަގާމުން މަތީން މިއަދު އިސްތިއުފާ ދެއްވި އިރު، ސަރުކާރުގެ މަސްކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ސަރުކާރުން ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރެއްވުމާއި އިސްތިއުފާ ދެއްވުމުގެ މައްސަލަތަކެއް މިދުވަސްވަރު ފެށިގެން ކުރިއަށްދާއިރު، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައިފަ އެވެ.
ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެ އެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އަންގައިގެން އިސްތިޢްފާ ދިނީ ކަމަށް ވާނޒި.
ސައްލި - 2 މަސް ކުރިން