މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ތައްޔާރުވަމުންދާކަން ހާމަކުރައްވައި، އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ދެވަނަ ބުރަށް ދިޔަ އިންތިހާބުތަކުގެ ވޯޓުލުން މިމަހުގެ 18 ވާ ހޮނިހިރު ދުވަހު ބާއްވަން ކުރަންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކުގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާފައިވާ އިރު، ޒާހިދު ވިދާޅުވީ ކައުންސިލާއި ޑަބްލިޔުޑީސީ އިންތިހާބެއްގައި މިފަހަރަކީ އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލާން ނިކުން ފަހަރު ކަމަށެވެ.
އެގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 ރައްޔިތުންގެ ތެރެއިން 215،346 މީހުން ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކޮށްފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން