ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން ބާއްވާ އެ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންއެވެ.
މީގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަން ވެސް ހިމެނެއެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8؛00ގައި ފަށާފައިވާ އިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އަށެވެ.
މި ބައި އިލެކްޝަނުގައި އަތޮޅުތެރޭގައި ފަސް ވޯޓުފޮށި އަދި ގްރޭޓާ މާލެ ސަރަހައްދުގައި ފަސް ވޯޓުފޮށި ބަހައްޓާފައިވެއެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3776 ފަރާތަކަށް ލިބިގެންވެއެވެ. އެގޮތުން ތިނަދޫން 185 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ވަށަފަރުން 688 އަށް މީހަކަށް ވޯޓު ލެވޭނެއެވެ. ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ކުޑަފަރީން ވޯޓުލުމުގެ ހައްގު ލިބެނީ 653 މީހަކަށެވެ.
ކޮމެންޓް