ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ބަންގްލަދޭޝް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަނީސުއްރަޙްމާން (23އ) އާއި އެމްޑީ ރޯމާން މިއާ (38އ) އެމްޑީ ކަމާލް މިއާ (42އ) އެވެ.
އެ ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް އެކެއްގެ ރަށު މާރުކެޓް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު 37 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ތިން މީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް