އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

އެ ފެކްޝަންގެ މެންބަރަކު "ވަން" އަށް މިއަދު ބުނީ ގަފޫރުގެ މައްސަލަ ހުށަހެޅި 55 މެންބަރުންގެ ސޮޔާއެކުގައި ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ދުރުކުރުމުގެ މަސައްކަތް ފެށުނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމުންނެވެ.

އޭގެ ފަހުން ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނަކަށް އޮރީ ރައީސް ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.