ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ހިޔާލު ހޯދުމުގެ އާންމު ވޯޓު މިއަދު ބޭއްވުމުން، އިންތިހާބާބެހޭ އެކިއެކި މަސައްކަތުގައި، ދައުލަތުގެ މުވައްޒަފުން އަދި ސިވިލް ސާވިސަސް މުވައްޒަފުން ގިނަ އަދަދަކަށް ހަރަކާތްތެރިވެފައިވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދިގެން ކަމަށެވެ.
އިންތިހާބަށް ފަހުގައިވެސް އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. އެހެންވެ މާދަމާގެ އިތުރުން ހޯމަ ދުވަސްވެސް ބަންދުކުރަން ނިންމީކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް