ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 15:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާއަށް ފުލިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ