އިޓަލީއަށް ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕް ގެއްލުމާއެކު، ކޯޗަކަށް ހުރި ކުރިން އެގައުމަށް ކުޅުނު ލެޖެންޑް، ގެނަރޯ ގަޓޫސޯ މަގާމުން ދުރަށް ޖެހިލައިފިއެވެ.

އިޓަލީން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭގެފަހުން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަކުން އިޓަލީއަށް ފުރުސަތު ގެއްލިފައިވާ އިރު، އިޓަލިއަން ސޮކާ ފެޑަރޭޝަން (އެފްއައިޖީސީ)ގެ ރައީސަކަށް ހުންނެވި، ގެބްރިއޭލޭ ގްރަވީނާވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ޖިއާންލުއީޖީ ބުފޮންވެސް ވަނީ ފެޑަރޭޝަނުން ދުރަށް ޖެހިލައިފައެވެ.

އިޓަލީއަށް މިފަހަރުވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ޕްލޭ އޮފް ފައިނަލުންނެވެ. ޕްލޭ އޮފް ފައިނަލުގައި އިޓަލީން ބޮސްނިއާ ކައިރިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އެ ބައްޔަށްފަހު ގަޓޫސޯ ވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ. ގަޓޫސޯ ބުނީ ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ހާސިލް ނުވެ، ފެއިލްވެއްޖެ ކަމަށާއި، އެކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ފުޓުބޯޅައިގައި އިޓަލީ ޖާޒީއަކީ އޭނާއަށް އެންމެ ހާއްސަ އެސެޓް ކަމަށާއި، އެ ޖާޒީއާއެކު ފެއިލްވުމުން ދެން ބޭނުންވަނީ މިވަގުތަށް ދުރަށް ޖެހިލަން ކަމަށްވެސް ގަޓޫސޯ ބުންނެވެ.

ގަޓޫސޯ ބުނީ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ގަޓޫސޯއަކި އިޓަލީ ގައުމީ ޓީމަށް 73 މެޗު ކުޅެފައިވާ ކޯޗެކެވެ. އޭނާ ޖޫން މަހު އިޓަލީއާ ހަވާލުވެ، އަށް މެޗުން ހަ މޮޅު ހޯދައިދިނެވެ.