ތިން ރަށެއްގައި ބަނދަރު ތަރައްގީކުރުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި އެއް ރަށުގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތަފްސީލުތައް:

މ. މަޑުއްވަރީގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު

  • ކޮންޓްރެކްޓްގެ މުއްދަތު: 390 ދުވަސް

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • އާ ބަނދަރު ކޮނުމާއި ނެރު ފުންކުރުން
  • 218 މީޓަރު ބްރެކްވޯޓާ ޖެހުން
  • 11 މީޓަރު ސަބްމާޖްޑް ބްރެކްވޯޓާ ޖެހުން
  • 329 މީޓަރު ރިވެޓްމެންޓް ޖެހުން
  • 158 މީޓަރު ގްރޮއިން ޖެހުން
  • 312 މީޓަރު ކީވޯލް ޖެހުން
  • 13 މަގުބައްތި ހަރުކުރުން
  • 1560 އަކަމީޓަރުގެ ޕޭވްމެންޓް ޖެހުން
  • 4.1 ހެކްޓަރު ބިން ހިއްކުން
ހަތަރު ރަށެއްގައި މަޝްރޫއު ހިންގަން އެމްޓީސީސީއާ ހަވާލުކުރުން. -- (ފޮޓޯ/ އެމްޓީސީސީ)

ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުު

  • މުއްދަތު: 365 ދުވަސް

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ކުރީގެ ބަނދަރު ފުންކުރުން
  • އާ ބަނދަރު ފުންކުރުން
  • ނެރު ފުންކުރުން
  • 250 މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުން
  • 315 މީޓަރު ކުރީގެ ބަނދަރުގެ އެއްގަމުތޮށި މަރާމާތުކުރުން
  • 15 މޫރިންގް ބޮއި ހަރުކުރުން
  • 351 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
  • 116 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
  • 11 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުން
  • 18 މަގު ބައްތި ހަރުކުރުން
  • 02 ނެރު ބައްތި ހަރުކުރުން
  • 2649 އަކަ މީޓަރު ޕޭވްމަންޓް އެޅުން
  • ރޭމްޕް
  • ކޮންކްރީޓް ޖެޓީ
ހަތަރު ރަށެއްގައި މަޝްރޫއު ހިންގަން އެމްޓީސީސީއާ ހަވާލުކުރުން. -- (ފޮޓޯ/ އެމްޓީސީސީ)

ކ. ގާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

  • މުއްދަތު: 420 ދުވަސް

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • 25 ހެކްޓަރު ބިން ހިއްކުން
  • 956 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
  • 315 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުން

ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު:

  • މުއްދަތު: 450 ދުވަސް

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ކުރީގެ ބަނދަރު ފުންކުރުން
  • އާ ބަނދަރު ފުންކުރުން
  • ނެރު ފުންކުރުން
  • 3.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުން
  • 58 މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުން
  • 7 މޫރިންގް ބޮއި ހަރުކުރުން
  • 89 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
  • 30 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ޖެހުން
  • 458 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (ސޭންޑް-ފިލް ބްރޭކްވޯޓާ)
  • 698 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
  • 45 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުން
  • 15 މަގު ބައްތި ހަރުކުރުން
  • 02 ނެރު ބައްތި ހަރުކުރުން
  • 814.6 އަކަ މީޓަރު ޕޭވްމަންޓް އެޅުން
  • ކޮންކްރީޓް ބްރިޖް އެޅުން
  • ކޮންކްރީޓް ޖެޓީ އެޅުން