އދ. އަތޮޅުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ދޯނީގެ ބުރަފަތީގައި ޖެހި މީގެ ކުރިންވެސް ބައެއް ފަތުރުވެރިން މަރުވެފައި އެބަހުއްޓެވެ. އަދި ބައެއް ފަރާތްތަކަށް އެކިވަރުގެ އަނިޔާތައްވެފައިވެސް އެބަހުއްޓެވެ. ހާއްސަކޮށް ފެހުރިހި ބަލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ)ގައި އެ ފަދަ ހާދިސާތައް ހިނގާލެއް ގިނައެވެ.
އެހެންވެ، ސަންފާ ހިމެނޭ ސަރަހައްދަށް ވަނުމުގެ ކުރިން އުޅަނދުތައް ރަޖިސްޓްރީކުރުމާއެކު އެ ސަރަހައްދަށް އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ލާޒިމުކޮށްފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް