މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ސެމީ ފައިނަލުން ބޫޓާން ޖާގަ ހޯދައިފިއެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީއަށް ގޮސްފައިވާ އިރު، ބޫޓާން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ރޭ ގައުމީ ދަނޑުގައި ލަންކާ ކައިރިން 1-0 އިން މޮޅުވެގެންނެވެ. ރޭގެ މެޗަށް ނުކުތްއިރު ބޫޓާނަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ އެ ގްރޫޕުގައި ލަންކާއިން ރާއްޖެ ބަލިކޮށްފައި އޮތުމުންނެވެ.
ގްރޫޕްގެ އެއްވަނައިގައި ނޭޕާލް ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ބޫޓާނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތީ ލަންކާއެވެ. އެއީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ފުލުގައި ނިންމާލީ ރާއްޖެއެވެ. އެއީ ތިން މެޗުން ދެ ޕޮއިންޓާއެކުގައެވެ.
ބޫޓާންގެ ފަރާތުން މެޗުގެ ކުރީކޮޅުގައިވެސް އަވަސް އެޓޭކްތަކެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ދިޔައީ އެއްވަރުވުމާ ދިމާލަށެވެ. އެއީ ދެޓީމަށްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފުރުސަތުގެ ބޭނުން ނުހިފި، ރަނގަޅު އެޓޭކްތަކެއްވެސް ނުކުރެވިގެންނެވެ. އެ މިސްރާބަށް މެޗު ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބޫޓާންގެ ދެންޑުޕް ގެޔެސްޓެން ވަނީ އެޓީމު ސެމީއަށް ގެންގޮސްދިން މޮޅު ހޯދައިދީފައެވެ.
ދެންޑުޕް ގޯލް ޖެހީ އޭރިއާ ތެރެއިން ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް