ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުގެ ކުރިމަތިން ފަސިންޖަރުންނަށް، ޓެކްސީތަކަށް މިހާރު އަރައި ފޭބޭނެ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ މިއަދުން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ވީއައިއޭގެ ޓާމިނަލް ދޭއް ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުގެ 10:00 އިން ފެށިގެން، އާ ޓާމިނަލުގެ ކުރިމަތިންވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރައި ފޭބޭނެ ސަރަހައްދެއްކަމުގައި ކަނޑައަޅާފައިވާ ކަަމަށެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް ދޭއްގެ އެރައިވަލްގެ ކުރިމަތިން ބުރާ ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އޭގެ އިތުރުން ޓާމިނަލް ދޭއްގެ ޑިޕާޗާ ކުރިމަތިން ބުރާ ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެ ކަމަށެވެ.
މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް