އދ. ދަނގެތީގައި މިއަދު ފެށި އަންވާރު 14 ވަނަ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދާއި މިރޭ ކުޅުނު މެޗުތަކާއި ބުރު ސަހަރާގެ އިތުރުން ޒިލެފިއާއި އެފްސީ ގަބުޅިވެސް ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.

އަންވާރު ފުޓްސަލް މުބާރާތަކީ އަރި އަތޮޅު ދެކުނު ބުރީގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގައި މިއަހަރު 15 ޓީމަކުން ވާދަކުރަމުންދެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނޭ އިރު، ގްރޫޕް ޑީގައި ހިމެނެނީ ތިން ޓީމެވެ.

އިއްޔެ ހަވީރު ފުރަތަމަ ކުޅެފައި ވަނީ ގްރޫޕް ސީގައި އެފްސީ ގަބުޅިއާއި ލިލީ ބީޗް ވާދަކުރި މެޗެވެ. އެމެޗު ގަބުޅިން ކާމިޔާބުކުރީ 4-0 އިންނެވެ. ގަބުޅިއަށް ކުއާޓާ ޔަގީންވީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. ދެން އެ ގްރޫޕުން ކުއާޓާއަށް ދެެވެން އޮތީ ރިއާލިޓީގެ އިތުރުން ލިލީ ބީޗަށެވެ. އޭގެ ތެރެއިން ލިލީ ބީޗަށް އަމިއްލަ ބާރެއް ނެތެވެ.

މިއަދުގެ މެޗުގައި ގަބުޅިއަށް ގޯލްތައް ޖަހައިދިނީ އިސްމާއީލް ޝިޔާޒާއި މުހައްމަދު ތޯހިރުގެ އިތުރުން އާދަމް ޝިޔާން މުހައްމަދެވެ. ޝިޔާޒް މެޗުގައި ދެ ގޯލް ޖެހިއެވެ.

މިއަދު ހަވީރު ދެން ކުޅުނު އަނެއް މެޗުގައި ނިއޯ އެސްސީން ޒިލެފި ކައިރިން 7-4 އިން ބަލިވި އިރު، އެ ގްރޫޕުން ވިލަމެންދުއާއި ޒިލެފިއަށް ވަނީ ކުއާޓާ ޔަގީންވެފައެވެ. އެއީ ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. ވިލަމެންދޫން ރިއަލް ކެރެކްޓާ ކައިރިން ޕޮއިންޓެއް ހޯދިޔަސް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ.

މިއަދުގެ މެޗުގައި ޒިލެފިގެ އަލީ އިޝްފާގު ހަސަން މަޖީދު ހެޓްރިކް ފުރިހަމަކުރި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖެހީ އަހުމަދު އިވާން މުހައްމަދާއި ނަސޫހު ސައީދުގެ އިތުރުން މުހައްމަދު އަހަދުﷲ އަދި އަހުމަދު ހުޝާމެވެ.

ނިއޯގެ ގޯލްތައް ޖެހީ މުހައްމަދު ވާސިލް އާދަމް ވާސިފާއި ނަހީކު އަހުމަދު ނިޔާޒް އަދި އާދަމް ޔައީޝް މޫސާ ނަޖްމީއެވެ. ވާސިލް މެޗުގައި ދެ ގޯލް ޖެހިއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ގްރޫޕް ބީން ދަނގެތި އެޓޯލްވެސް ވަނީ ކުއާޓާގެ އުންމީދު ހޯދައިފައެވެ. އެއީ ކުޑަ ހިތްވަރު ކައިރިން 12-0 އިން މޮޅުވެގެންނެވެ.

އެ މެޗުގައި ދަނގެތި އެޓޯލްގެ ގޯލްތައް ޖެހީ އާދަމް ސައީދާއި ބޯލާންޑްގެ އިތުރުން މުހައްމަދު ފައްޔާހް ސާމިލެވެ. އާދަމް ސައީދު ހަތް ގޯލް ޖެހި އިރު، ފައްޔާހް ހެޓްރިކް ހެދިއެވެ. އަދި ބޯލާންޑް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

ގްރޫޕް ޑީގައި ރޭ ލައިކަންސްއިން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސަހަރާ ކައިރިން ބަލިވީ 9-1 އިންނެވެ. އެ ނަތީޖާއާއެކު ބުރު ސަހަރާއަށް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އެ ގްރޫޕުގައި ދެން ބާކީ އޮންނާނީ ލައިކަންސްއާއި އެފްސީ ވާނުވާ ވާދަކުރާ މެޗެވެ.

އެމެޗުން ވާނުވާއިން ޕޮއިންޓެއް ހޯދިޔަސް ކުއާޓާ ޔަގީންވާނެއެވެ. ލައިކަންސްއަށް ދެން ޖެހޭނީ އެމެޗުން މޮޅުވާށެވެ.

މިރޭގެ މެޗުގައި ބުރު ސަހަރާގެ އިބްރާހީމް ރިޒުހާން (ރިޒުއްކޮ) ހަތަރު ގޯލް ޖެހި އިރު، ހަސަން ނިޝާތާއި އަލްސަން އިބްރާހީމް، އަލީ ސާގިބް އަދި އަހުމަދު ޒަޔާން ގޯލް ޖެހިއެވެ. އަނެއްކޮޅުން ގޯލް ޖެހީ ޝިމާއު ޝިބާހު މުހައްމަދެވެ.

ރޭގެ މެޗުގައި ބުރު ސަހަރާގެ ރިޒުހާން ----

އަންވާރު ފުޓްސަލް ކަޕްގެ މެޗުތައް މާދަމާއާއި މިރޭވެސް ކުރިއަށްދާނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅައިފައެވެ.