އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ތަކުރާރުކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

އެއީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، 18 އަހަރުގެ އަންހެނަކަށް، އެ އަންހެން މީހާގެ ކުޑައިރުން ފެށިގެން އެކި ދުވަސްމަތިން ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުންގެންދާ ކަމަށެވެ.