ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުގައި ބަަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހިމެނޭ، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، (28އ) ފުލުހުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަޒުހަދުގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް، (36އ) ކިޔާ މީހަކުވެސް ފުލުހުން ހައްޔަރުކުރިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި، ދެ އުޅަނދެއް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެތި ފެނުނު ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.
ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރީ އަޒުހަދު އެކަންޏެެވެ.
އޭނާގެ އިތުރުން 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް