މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ދެމެދު އޮތް ސަރަހައްދު މިރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތައް މިރޭ ދަންވަރު 12:00 ގެ ކުރިން ނަގައި މަގު ހުސްކުރަންޖެހޭ ކަމަށެވެ.
އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައިކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތާ ގުޅިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި އާންމުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ޒަމާނީ ފަސޭހަތަކެއް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް