ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި މައްސަލައިގައި އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމުގެ ބަދަލުގައި ކުޑަ އަދަބެއް ދޭން ފީފާއިން ނިންމައިފިއެވެ.
ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފީފާއަށް މައްސަލަ ހުށެހެޅީ އިޒްރޭލް ސަސްޕެންޑްކުރުމަށް އެދިއެވެ. އެއީ ފަލަސްތީނުގެ ބިމަކަށް އަރައިގަނެ، އެތައް ކުދިންނަކާއި އެތައް އާންމުންނެއް ޝަހީދުކޮށްލާފައިވުމާއި ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައިވާތީއެވެ. ފަލަސްތީނުން ބުނެފައިވަނީ ފީފާ މެމްބަރު ގައުމަކުން ދުނިޔޭގެ ގާނޫނުތަކަށް ގޮންޖަހައި، އިންސާނީ ކަރާމާތްތަކަށް އަރައިގަންނާތީ އެކަމާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެ މައްސަލަ ބަލައި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ އިޒްރޭލުން ފީފާގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ހިންގާފައިވާ ކަމަށާއި، ފީފާގެ އުސޫލުތަކުން ބޭރުން ބައިވަރު އަމަލުތައް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޒްރޭލުގެ މެޗުތަކުގައި ފަލަސްތީނަށް ނަސްލީ ގޮތުން ދިމާކުރުމާއި ލާއިންސާނީ ޖަރީމާތަކަށް ހިތްވަރު ދިނުންވެސް ހިމެނެއެވެ.
އެކަންކަން ފީފާއިން ފާހަގަކޮށްފައިވީ ނަމަވެސް، ފީފާއަށް އަޅަން ކެރުނީ ކުޑަކުޑަ ފިޔަވަޅެކެވެ. އެގޮތުން ފީފާއިން ނިންމާފައިވަނީ 190،700 ޑޮލަރުން އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކުރުމުގެ އިތުރުން، އިޒްރޭލުން ދެން އަމިއްލަ ދަނޑުގައި ކުޅޭ ފީފާ ރެޖިސްޓާޑް ތިން މެޗުގައި، ދަނޑުގައި ދުރަށް ފެންނާނެހެން ބެނާއެއް ދެމުމަށެވެ. އަދި އެ ބެނާގައި، "ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް - ނޯ ޓު ޑިސްކްރިމިނޭޝަން" މިގޮތަށް ލިޔުމަށް ފީފާ އިން ވަނީ އަންގައިފައެވެ.
އިޒްރޭލުގެ ޖަރީމާތަކާއެކުވެސް ފީފާއަށް އަދަބެއް ދޭން ނުކުރޭ ކަމަށް މީގެ ކުރީންވެސް ވާހަކަތައް ދެކެވިފައިވާ އިރު، އެކަމުގައި ހަމަހަމަކަން ނުގެންގުޅޭތީ އެތައް ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އެގޮތުން ޔުކްރެއިނާ ދެކޮޅަށް ރަޝީއާއިން ހަނގުރާމަ ކުރާ ކަމަށްބުނެ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޝިއާ ސަސްޕެންޑްކުރި ކުރުން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ފީފާ
ފީފާ
ފީފާ
ފީފާ