މާފަންނުގައި ހުންނަ ކެމިކަލް ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވެފައިވާ 34 މީހަކަށް ސޯޝަލް ސެންޓަރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން އެފަހުން ބުނީ އަލިފާން ރޯވެފައިވަނީ ކ. ކައިރުގޭގައި ކަމަށާއި އެ ތަނުގައި ހުންނަނީ ޕްރައިމް ގޯޑައުން - 1 ކަމަށެވެ. އެއީ ގަސްކާނާ ގުދަންކޮށްފައި ހުންނަ ތަނެކެވެ.
އެންޑީއެމްއޭއިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ކެމިކަލް ގުދަން ހުރި ސަރަހައްދުގެ ހަތަރު ގެޔަކުން 32 މީހުންވަނީ ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމުކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންގޮސްފައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 10:00 ހާއިރު ގުދަނުން ދުންއަރާ ކަމުގެ މައުލޫމާތު ލިބިގެން ސީނަށް އެޓެންޑުވެފައިވާނެ ކަމަށެވެ. އޭރު މުޅި ގުދަނުގައި އަލިފާން ރޯވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އަޅުގަނޑުމެން މި އައީ ގޯޑައުންގައި ދުން އަރާކަމުގެ މައުލޫމާތު ލިބިގެން. ފުރަތަމަ ވެހިކަލް އައިއިރު ވެސް މުޅި ގޯޑައުންގައި ހުރީ ރޯވެފައި. ހަމަ އެއާ އެއްކޮށް އިތުރު ވެހިކަލްތަކާ އެއްކޮށް އަޅުގަނޑުމެން އައިސްފައި އޮޕަރޭޝަން މި ކުރިއަށް ގެންދަނީ،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ގުދަން ކައިރީގައި ހުރި ފަސްވަރަކަށް ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ.
މުހައްމަދު އިޝާން
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް