ށ. ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރައި، ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޅައިމަގަށް ނަގޫރޯޅިއެއް އަރައި ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާ އިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން ޅައިމަގު ކައުންސިލުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޅައިމަގަށް ނަގޫރޯޅިއެއް އަރާފައިވާ އިރު، އިއްޔެއިން ފެށިގެން ރާއްޖެއަށް މޫސުން ގޯހެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ށ. ޅައިމަގު
ށ. ޅައިމަގު
ށ. ޅައިމަގު
ށ. ޅައިމަގު
ކޮމެންޓް