ނަވާވީސް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު އިތުރަށް ބަންދުގައި ބަހައްޓަން ކުރިިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މޯލްޑިވްްސް ކަސްޓަމްސް ސާވިސް އިން ބުނީ އެހެންމީހަކާ ބައިވެރިވެގެން ކަނޑު މަގުން މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހިމެނެނީ، މ. މުލައް މަދާރުގެ ހަސަން މަފާޒު ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 29 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށެވެ.
މި މައްސަލަ ކަސްޓަކްސްއިން ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަދުވަހު މަފާޒާ އެކު ހ. ފިލްމީސައިޓް ވިޝާމް މުހައްމަދު ވެސް ހައްޔަރުކޮށް ބަންދުކުރިއެވެ.
ނަމަވެސް އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި އިއްޔެ ފުލުހުން ކޯޓަށް ހުށަހެޅީ މަފާޒުގެ މައްސަލައެވެ.
އެހެންކަމުން އިތުރު 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް