އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ރޯވެ 10 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓްގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓެއްގެ ތެރޭގައި އިއްޔެ ރޯވި އަލިފާނުގެ ސަބަބުން މަރުވީ އެތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 10 މީހަކު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާގައި ހޮސްޕިޓަލުގެ 11 މުވައްޒަފަކަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު ބަލިމީހުން ސަލާމަތްކުރުމުގެ ތެރޭގައި އެމީހުން އަލިފާނުގެ ސަބަބުން ފިހި ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
އޮޑިއްޝާގެ ޗީފް މިނިސްޓަރު، މޯހަން ޗަރަން މަޖްހީ ވިދަޅުވެފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން އެ ހާދިސާ ހިނގި ކަމަށް ބެލެވިފައިވަނީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ.
އިންޑިއާގެ ސަރުކާރު ހޮސްޕިޓަލުތަކުގައި ކަރަންޓު ޝޯޓުގެ ސަބަބުން އަލިފާން ރޯވުން އާންމުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ފަހުކޮޅު އެ ގައުމުގެ ރާޖަސްތާން ސްޓޭޓުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާން ރޯވުމުގެ ސަބަބުން ހަމީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ