ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު, އަލީ ނާޖިހު އަހުމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.

ފުލުހުން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބުނެފައިވަނީ އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އޭގެ ފަހުން، މިދިޔަ މަހުގެ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފައި ކަމަށެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުންވަނީ ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލައިފައި ކަމަށެވެ.

މިއީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ތިންވަނަ ފަހަރެވެ.