ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް ވަކި ގައުމަކަށް ބަރޯސާނުވާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެ އެހެން ގައުމުތަކެއް ހޯދުމަކީ ދުރު ރާސްތާގައިވެސް ގައުމަށް ފައިދާކުރާނެކަމެއް ކަމަށެވެ.
"ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން މައިގަނޑު ގޮތެއްގައި ކަމަށް ވެފައި، މިވަގުތު އެ ސަރަހައްދު ބަންދުކޮށްފައި ވާތީ، ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް އަވަށްޓެރި ގައުމުތަކާއި އަދި އެހެން ވެސް ގައުމުތަކުން ކަށަވަރު ކުރުމުގެ އިންތިޒާމުތައް ކުރަމުން ގެންދާކަން ތިބޭފުޅުންގެ މައުލޫމާތަކަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވިއެވެ.
"މިއީ ވަކި ގައުމަކަށް ނުވަތަ މަދު ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައި ކުރުމަށް ކުރެވޭ މަސައްކަތެއް. ހާއްސަ ގޮތެއްގައި ދިގު މުއްދަތުގައި މަސައްކަތްތަކުގެ ތެރޭގައި ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކޮށްލަން."
ހަލީލް އެގޮތަށް ވިދާޅުވިއިރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް