ރާއްޖެއަށް ބޭނުންވާ ބޭހާއި، ކާބޯތަކެތި ދަތިކަމެއްނެތި ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސްރީ ލަންކާއެކު މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މިހާރު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި، ކާބޯތަކެތި ގެނައުމުގެ މަގުތައް ހޯދުމާ ގުޅޭގޮތުން އެކި ގައުމުތަކާ މަޝްވަރާކުރަމުންދާ ކަމަށާއި ދާދިފަހުން، ދިވެހި ސަރުކާރުގެ ޓީމެއްވަނީ ސްރީ ލަންކާއަށް ވަޑައިގެންވެސް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާާޅުވީ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ދިމާވާ ގޮންޖެހުންތަކައް ހައްލު ހޯދުމުގެ އިތުރުން އިމާރަތް ކުރުމުގެ ދާއިރާއަށްވެސް ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ރިވިއުކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކޮށް އެމީހުންގެ ހާލަތު ކޮންމެ ދުވަހަކުވެ ބަލުމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ހަމަލާތަކާ ގުޅިގެން ހަމާލާތައް އައިސްދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި އުޅޭ ދިވެހިން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް