މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޔޫއޭއީގެ ފުޖޭރާ ސިޓީ ހިމެނޭ ސަރަހައްދަށް އީރާނުން ދިން ހަމަލާ ގުޅިގެން އެ ސަރަހައްދުގައި ތިބި ދިވެހި ތިން ދަރިވަރަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ތާށިވެފައިވާ ދިވެހިން ދެނެގަނެ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތްތަކުގެ ދަށުން އެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ސަރަހައްދުގެ ގައުމުތަކުގެ ސަރުކަރުތަކާ މަޝްވަރާކުރުމާއި، އެ ސަރުކަރުތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ގައުމުތަކުގެ ސަރުކާރުންތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ އަމަލުތައް ބެހެއްޓުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް