ފޮރިން މިނިސްޓަރުގެ މަގާމުން ޑރ. އަބުދުﷲ ހަލީލު އިސްތިއުފާ ދެއްވައިފިއެވެ.

ފޮރިން މިނިސްޓަރުގެ މަގާމުން ހަލީލު އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

ހަލީލް، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2024 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަލީލު ހުންނެވީ ހެލްތު މިނިސްޓަރުކަމުގެ މަގާމުގައެވެ.

ހަލީލާއެކު، މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.

އެއީ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.